Tuesday, May 15, 2007



ތާޒާ ހަލާކު ކުރަނިވި ޙަބަރު. (ޤަރުނުގެ ބޮޑު ޝަރީއަތް)


ކުއްލިއަކަށް މިއަދު އަލަނާސިސްތާނުން ލިބުނު ޙަބަރު ބުނާގޮތުގައި އަލަނާސިސަތާނުގައި 28 އަހަރުވަންދެން ބޮނދައިގެން އުޅުނު ގޯޅާ ލަކްސިމިލިނޯ ހައްޔަރު ކުރުމަށް ފަހު ހުކުމް ކުރުމަށް މިއަދު ފުރަތަމަ ފަހަރަށް ކޯޓަށް ވައްދައިފިއެވެ. މިކަންތައް ހިނގަމުން މިދަނީ ކުއްލިއަކަށް ކަމަށް ޑރ.ޕައތަގޮރަސް އާ ހަމަލާދީ ދޮގު ޙަބަރު ފަތުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.


މިއަދު ކޯޓަށް ގޮޅާ ވެއްދުމަށް ފަހު ކޯޓުގެ އިސް ގާޒި އަދި ވޯޑް ޕްރެސްގެ ފައުންޑަރ "ލޯޑް ކުއްލި ކުއްލިން ލިލީ ފާހާނާ" ބުނީ ލަކްސިމިލިނޯގެ މައްޗައް ސަތޭކަ މައްސަލައަށް ދައުވާ އުފުލިފައިވާކަމަށެވެ. ބައެއް މައްސަލަ ތަކުގެ ތެރޭގައި އަލަނާސިސްތާނުގައި އަލަނާސިޒަމް ފަތުރަން އުޅުމާއި، ގިނަގިނައި ގޮޅާ ތޮށި ބަދަލު ކުރުމާއި(މިކަމުގެ ސަބަބުން ފަރުތަކުން ގޮޅާ ތޮށިވަނީ ހުސްވުމާ ކައިރިވެފައެވެ)، ޢައިރު ޤާނޫނީ ބޮލޮގެ ޒަރިއްޔާއިން ހަންފަތުރަން އުޅުމާއި، ވަކަރުގޭ ކުދިން ތެރޭ ބައިބައި ވުން އުފައްދައި ހަވާއަށް ފަޒާއަށް ބަޑިޖަހައި ކުދިންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން އުޅުންފަދަ ނޭއްގާނީ ފާހިޝް އަމަލު ހިމެނެއެވެ. އަދި ރޭގަނޑު ދަންގަޑީގައި ގޭގޭ ކައްކާފައި ހުންނަ ގަރުދިޔަ ތެއްޔަށް ގޮރު ލުން ވެސް ހިމެނެވެ. އަލަނާސިސްތާނުގެ އަލަށް ކާވެނި ކުރި 150 ކަޕުލް ބުނަމުންދަނީ ކާވެނީގެ ފުރަތަމަ ރޭ ކުއްދިއަށް ބަކުރުއާއި ލަކްސިމިލިނޯ އެމީހުންގެ މަދިރިގެއަށް މަދިރިވައްދާފައިވާކަމަށެވެ.


ވަކަރުގޭ ފަރާތުން ވާހަކަ ދައްކަމުން މައުލާނާ ތުއްޓުނާ ބުނީ މީ މިއުޅޭ އޭއޯ ބައިގަނޑަށާއި އަދި ވަކަރުގޭ ކުދިންނާއި ދެކޯޅު މީހުންނަށް ލިބޭނެ އިބްރަތެއްކަމަށެވެ. އަދި އިތުރަށް ބޭކާރު އަނގަ ގަޅަމުން ބުނީ ދެން އެންމެ ބޮޑަށް ވެޓް ޑްރީމެއްގައި ދެކެން ބޭނުންވަނީ ބޮންދައިގެން އުޅޭ ކުއްދިޔަށް އަބޫބަކުރު އާއި ސަތޭކަ ކޯޓަށް ގެނެވޭ ތަން ދެކޭށެވެ. މިދެމީހުންނަކީ ވެސް އަލަނާސިސްތާނުގައި ގަރުދިޔަ ތެއްޔަށް ގޮރު ލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތް ތަކެވެ. އަދި ބާލިއުނުވާ އޭއޯ މިހާރު ބަލިވެ އެމީހުންގެ ބޮޑާ ހޭކުމަކީ ފެކްޓް އަލަނާސިއަށް ލިބުނު ކުރިއެރުމެއްކަމަށް ފޮނި ކަނޑާފައިވެއެވެ.


އަލަނާސި އޮބްޒާވަރގެ އިސް ތަރުޖަމާނު ހެލައު މައުލޫމާތު ދޭގޮތުގައި ޕްރިންސްއާއި އޭއޯ އާއި ދެމެދު ދޭތެރެ ޖެއްސުމުގެ ސަބަބުން ޕްރިންސް މިހާރު ވަނީ ބޮޑާ ހޭކުމުގެ ދުވަސްވަރެއްގައިއެވެ. މިކަމަށް ބޭނުންވާ ޕެޑް ހުސްވެފައިވާތީ އޭއޯ ފަނިވެފައި ވާކަމަށް ބުނަމުން ބުނީ ލަކްސިމިލިނޯ މަރަން ހުކުން ކުރުވުމަށް ރިޝްވަތު ލިލީ ފާހާނާ އަށް ދިނުމުގެ ކަންތައް ކުރިއަށްދާކަމަށެވެ.

No comments: