Wednesday, May 2, 2007

އަލަނާސިސްތާނުގެ އިލްމްވެރިން އަލާނިސިޒަމް އާއި ދެކޮޅަށް

ވަކަރުގޭ މަގު- ވަކަރުގޭ ކުދިން ތަމްރީން ކުރުމަށް ޙިޔާރު ކުރައްވާ!

އަލަނާސިސްތާނުގައި ހިނގަމުންދާ ފާހިޝް އަމަލް ތަކާ ގުޅިގެންނާއި އަދި ހައްދުފަހަނަ އަޅާފައިވާ ގޮޅާބޯގެ ޖަމާއަތްތަކުން ގެންދާ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ޕްރޮޕަގަންޑާ ފެތުރުމުގެ ގޮތުން ވަކަރުގޭ އިލްމްވެރިންގެ ފަރާތުން ފަތުވާ ތަކެއް ނެރުމައް ހަމަޖެހިއްޖެއެވެ. މިފަތުވާތައް ހައްވާގެ ތެލިފޯނުގެ ޒަރިއްޔާ އިން ކޮންމެ ހުކުރު ދުވަހެގެ މެންދަމު ވަގުތުން ދުރާ ކައިރިއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މިފަތުވާ ތަކުގެ ބޭނުމަކީ މިހާރު އަލަނާސިސްތާނުގައި ފެތުރެމުންދާ ލޮނުމިރުސް ބޭނުން ކުރުމުގެ ވަބާ އަކީ ވަކަރުގޭ ކުދިން ކައިރީގައި ކޮންކަހަލަ އަމަލެއްކަމާ މިކަމުގެ ސަބަބުން ފެތުރެމުންދާ ބަލިތަކާ މެދު މީސްތަކުން ހޭލުންތެރި ކުރުވުމެވެ.މިފަތުވާތައް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޑރ. ޕައިތަގޮރަސް ބުނީ ލޮނުމިރުސް ބަލި ވަނީ އެނަ ޝިކާރަ ކޮށްފައި ކަމަށާއި މިކަންތައް މިހެންވީ އަލަނާސިޒަމް ކިޔާ ހައްދުފަހަނަ އަޅާފައިވާ ގުރޫޕް ގަނޑެއްގެ ސަބަބުން ކަމަށްވެސް ބުންޏެވެ. އަދި އިތުރައް އަނގަ ގަޅަމުން ބުނެފައިވަނީ ލޮނުމިރުސްގެ ސަބަބުން ވަރަށް ދިލަ ނަގާ ކަމަށާއި އަދި ވަރަށް ކުދިން މަތިން ހަނދާންވާ ކަމަށްވެސް ބުނެފައިވެއެވެ. ( ޕައިތަގޮރާސް އަކީ ކުޑަކުދިން ގޮވައިގެން ގާޑިއާ ދުއްވުމަށް މަޝްހޫރު މީހެކެވެ).

ޑރ.ޕައިތަގޮރާސް މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ފެކްޓްއަލަނާސިއާ ނުރުހުންވެ ދުވަސްކޮޅަކު މޫނު ކުނިކޮށްގެން ހުރުމަށް ފަހު އެވެ. ވަކަރު ޔުނިވަރސިޓީގެ ޑީން ވާހަކަ ދައްކަމުން ބުނީ އަލަނާސިޒަމް ފަތުރަން އުޅޭ މީހުން ޒަމާނުއްސުރެ އުޅެމުން އަންނަ ވަކަރުގޭ ސިސްޓަމް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމަކީ ބުއްދަމް ކިޑްގެ ފާހިޝް ކަމެކަމަށް އަލާނި ސަހަރުން ކުދިމާގޭ ފާތިންދީ މަޢުލޫމާތު ދެއެވެ.

1 comment:

Dr. Pythagoras said...

އިހަށް އަޅުގަނޑު ހީކުރަނީ ވަކަރުގޭ ކުދިންނަކީ ވަރަށް ރަނގަޅު ކުދިން ކަމަށް. އެކަމަކު މިއަދު މިފެންނަ މަންޒަރުތަކުން އެނގިއްޖެ އެއީ އަދި ކުށްހީ އެއް ކަން. ބަލަގަ ތި ބްލޮގުގައި އަހަރެމެންގެ ލިންކު ނުޖަހާ މިކަން ވާކަށް ނެތޭ. ދެން ބުނަން އޮތީ ފުޅައްބުޑާއި ޑޜ.ޕައިތަގަރަސް އެއީ ދެމީހުނެށް ނޫނޭ. ނިކަން ޑރ.ޕައިތަގަރަސްއާއި، ލޯނުސްޓަރ އަބޫބަކުރާ، ލަބީބުމެންގެ ލިންކު ވައްޓައިލަބަލަ.
Dr.Pythagoras http://www.goalanaasigo.blogspot.com
Loan Star Abubakuru http://vedivado.blogspot.com
Prof.Labeebu http://thunmathi.blogspot.com