ނޫސް ބަޔާން ނަމްބަރު: އޭސީ/ބައްތިރީސް އަލަނާސިސްތާނުގައި ހިނގަމުންދާ ހާޖާނުގަނޑުގައި މީހުންތައް ޤަރާރުވަމުންދާ އިރު ފެކްޓް އަލާނާސީގެ ފަރާތުން މިކަންތައް ހަމަޔަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ކަ*ރުވަ*ން ވެދެއްވަމުން ތިޔަގެންދަވާ އެބާރުލުމަށް ޝުކުރު ދަންނަވާލަން އެދެމެވެ. އަލަނާސިސްތާން ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ބޭއްވި ސާފުތާހިރުކުރުމުގެ ޕްރޮގޮރާމްގައި ޑރ.ޕައިތަގަރަސް ގޫކޭލް ވަޑޮ ދޮށަހަ ގޫ އުކާ ދިންކަންމާ، އަދި އެތާގެ ވަށައިގެން ބަޑަފަތި އެޑާ ދިންކަންމާ މިކަންތައް ފާހަގަކޮށް ރަތް ކުލައިގެ ކުކުޅު ގުއެއް ގިނަ ދުވަހަށް ހަލާކުނުވާ ގޮތަށް ހެދުމަށް ފަހު ވެދުމަށް އެރުވޭނެ ކަން އިއުލާން ކުރަމެވެ. ހުރިހާ ބައްލައުންނަށް އެންގި ވަޑައިގަންނަވާނޭ ފަދައިން ފެކްޓް އަލަނާސި އަކީ ކަނބާގެ ވަލުން ނިކުމެގެން އައި ވަކަރުގޭ ކުދިން ކޮޅެއް،އަލަނާސިސްތާންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކޮށްޓަމުންދާ ފާރު ކޮޅެއް ނަމަވެސް ފެކްޓް އަލަނާސީގެ ހަޤީގަތާ މެދު އަލާނާސިސްތާނުގައި ހިންގަމުންދާ ބަހުސުގައި ފެކްޓް އަލަނާސި ބޯއިކަޓް ކުރުމުގެ ބިލެއް ތަންޤީގް ކުރެވުނުކަން ވެސް ފާހަގަ ކޮށްލަމެވެ. މިކަންތައް ގޯސްވެ ފުޅައްބުޑުން ނުދަނީސް އަޅުގަނޑު ގަސްދުކުރަނީ ފެކްޓް އަލަނާސީގެ ހިންގުންތެރިންގެ މަޖިލީސް އިއުލާން ކޮށް ވަކަރުގޭ ހަޤީގީ ކުދިންނަކީ ކޮންބައެއްކަން އިއުލާން ކުރުމަށެވެ. ކުރިން ރެއަކު ހިނގާ ދިޔަ ބަހުސުގައި ގިނަ ބަޔަކު އަނަގަ ގަޅަން ޝައިތާނު ސީދީ އޮޑިއަށް އަރާ އިންނަހެން އިޝީ ދެގެން ތިބެ ވާހަކަ ދެއްކި އިރު ފެކްޓް އަލަނާސީގެ ފައުންޑާ މެމްބަރުންނަކީ ލަކްސިމިލިނޯ، އެސްޓީ.އިނީޝާ ލީލާ އަލީ އަދި ސަތޭކަ ކަމުގައި ވިޔަސް ފެކްޓް އަލަނާސީގެ ފަރާތުން މިމީހުންގެ އަމަލު ކުށްވެރި ކުރަމެވެ. އަދި އަޅުގަނޑު ހެލައު އާއި ކޮރޮފެސަރު ލަބީބު ލިއުންތައް ޕަބްލިސްކުރަމުންދާއިރު ޕްރިންސް އާއި އަބޫބަކުރު އަލަނާސި ފެލައިގެން ދެމުންގެންދާ އޮށްޓަރެއް ނެތް ޖޫސް ކޮޅަށްވެސް އައްސަރި ބަހާއި ސާބަސް ދެމެވެ."ހަމަ ކަށަވަރުން އެބައިމީހުންނަކީ ބާއްޖަވެރިންނެވެ". އަދި ލަކްސިމިލިނޯ ފެކްޓް އަލަނާސީގެ ހަގީގަތް އެނގި ހުރެ މިބަލަގްގެ ބޯއި ކަޓް ކުރުމަށް ބުނި ބުނުން އަނބުރާ ގެންދިއުމަށް ގޮވާލުމަށް ޕްރިންސް ވަނީ އަޅުގަނޑާއި ލަބީބު ކައިރީ ރޮއެ ކުއްތަންވެފައެވެ. އަދި މިކަމުގައި ރޯނުއެދުރު ކުއްދިއަށް އަބޫބަކުރު ހިމަނާލަމެވެ. އަދި މިކަންތަކުގެ ހަޤީގީ ރިޕޯޓް ލަނކާގައި މިހާރު ކުރިއަށްދާ އޮޓޮޕްސީ އަށްފަހުން ސިއްރިއްޔާތުގައި ހާމަވެގެންދާނެކަން އަންގާ އިއުލާނު ކުރަމެވެ. ލަބީބް/ހެލައު -ވަކަރުގޭ މަގު ސާފުސީދާ މަގު-
Saturday, May 5, 2007
Subscribe to:
Post Comments (Atom)
2 comments:
This is not the truth. Helau is not at all involved. Visit AO to know the truth..
www.alanaasiobserver.blogspot.com
this is like driving a damper....huh....the one who creates is Mulu shows from our invitigation named by factalanaasi....
huh the CID group today comfirms that this mulu wants to run his own democracy to this state...but i promise u all that will not happen until im here with u all guys....
pakaas dhen lalaaaalaa.....
muluge Maru alanaasism ge kurierun
Post a Comment